ދެކުނުގައި ޓޫރިޒަމް ތަރައްގީކުރާގޮތާއި ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރާއި މަޝްވަރާކޮށްފި

EJkGCAUUUAAw7ZU

ރާއްޖޭގެ އެންމެ ދެކުނުގައި ޓޫރިޒަމް ތަރައްގީ ކުރާ ގޮތާ ބެހޭ ގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ) އިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ އެކު މަޝްވަރާ ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަމުންދާ ގޮތާ ބެހޭ ގޮތުންނެވެ. އެގޮތުން މީދޫ ޓޫރިޒަމް ޒޯންގެ މައްސަލަތަކާއި ގުޅޭ ގޮތުންނާއި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުންނާއި، ސީޕްލޭން (އައިލެންޑް އޭވިއޭޝްން) ޓިކެޓު ގެ އަގުތަށް ކުޑަ ކުރުމާއި ގުޅޭގޮތުންނުން މަޝްވަރާ ކޮށްފައިވެއެވެ.

ޓޫރިޒަމްގެ ދައިރާއިން ޓްރޭނިން ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމާއި ގަން އެއާޕޯޓާއި ހުވަދޫ އެއާޕޯޓު އެތެރެއިން ގުޅާލުމާއި ގުޅޭ ގޮތުންނާއި ދެކުނުގެ އަތޮޅު ތަކުގެ ތިމާވެށީގެ މައްސަލަ ތަކާއި ގުޅެގޮތުންވެސް މަސްވަރާ ކުރެއްވިއެވެ. އަދި ދަތުރު ފަތުރު ކުރުމުގައި ޓިކެޓް އަގު ހެޔޮ ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަތާ ކުރައްވާފައިވެއެވެ.

މިސަރުކާރުން ޓޫރިޒަމަށް ދޫކުރާ ރަށްތައް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އިޢުލާން ކުރައްވާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. މިއަންނަ އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ކުރިއެރުވުމަށް ބޮޑު ބަޖެޓެއް ވެސް ވަނީ ކަނޑައަޅާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި