ހދ. ނެއްލައިދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާހް ކޮށްފިއެވެ.

ވެބްސައިޓް އިފްތިތާހް ކޮށްފައިވަނީ އިއްޔެ މެންދުރުފަހު އެ ކައުންސިލް އިދާރާގައި އެކަމަށް ޚާއްސަކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

Ad
rt

ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ ވެބްސައިޓް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލުން ނިންމާ ނިންމުންތަކާއި ، ޢިއުލާންތައް އަދި ކައުންސިލުން ދޭ ހިދުމަތްތަކުގެ އިތުރުން ކައުންސިލުން ހިންގާ ހަރަކާތްތައް ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެނަނާނެގޮތް ހެދެނުންކަމުގައެވެ

ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދިނުމުގެ މަސައްކަތް އެކައުންސިލަށް ހިލޭ ސާބަހަށް ކޮށްދީފައިވަނީ އަޙްމަދު އާދިލް ހުވަނދުމާ، ހދ ނެއްލައިދޫ އަދި އަޙްމަދު އިޙްސާން ބުލޫހައުސް، ހދ ނެއްލައިދޫއެވެ. އެކަމުގެ އަގު ވަޒަންކޮށް އެދެފަރާތަށް ކައުންސިލުން ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ނެއްލައިދޫ ކައުންސިލްގެ ވެބްސައިޓް އަކީ www.nellaidhoo.gov.mv އެވެ.