ތާރީޚަށް މާލީ ރިޕޯޓު ހުށަ ނޭޅި 7 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އީސީއަށް ހުށަހަޅާފައި ނުވާތީ ހަތް ޕާޓީއެއް، އެއިން ކޮންމެ ޕާޓީއެއް ވަނީ ޖޫރިމަނާ ކޮށްފައެވެ.
ޖޫރިމަނާ ކުރި ޕާޓީތައް
- ޢަދާލަތު،
- ޑީއާރުޕީ،
- އެމްއެންޕީ،
- އެމްއާރުއެމް،
- ޕީއެންސީ،
- އެމްއެސްއެލްޑީޕީ،
- އެމްޓީޑީ،
ތާރީޚަށް މާލީ ރިޕޯޓު ހުށަ ނޭޅި 7 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ޖޫރިމަނާ ކުރިއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީކޮށްފައި ވަނީ 11 ޕާޓީ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު، އެމްއެންޕީ، ޑީއާރްޕީ، އެމްޑީއޭ، އެމްޓީޑީ، ޕީއެންސީ، އެމްއެސްއެލްޑީޕީ އެމްއާރްއެމް އަދި އެމްއެންޕީއެވެ.
މީގެ ތެރެއިން ޑީއާރުޕީ އުވާލަން ނިންމައި އެ ޕާޓީ އުވާލުމަށް ގާނޫނީ ގޮތުން ކުރާންޖެހޭ މަސައްކަތްތައް އީސީން އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!