މާލެއިން މީހަކު ގެއްލިގެން ހޯދަންފަށައިފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ. މާވަށް / ކުންނާރުމާގެ، މޫސާ އަނީސް (32އ) ކަމަށެވެ.

Ad
rt

އޭނާ މާލެއިން ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދ ކުރަމުން އަންނައިރު، މި މަހު 24 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ ޚަބަރެއްނުވެ، ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މޫސާ އަނީސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.