ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އަޕްގްރޭޑިން މަސައްކަތުގެ ދަށުން އޯޕީޑީ އިމާރާތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތުގެ 98 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަސައްކަތުގެ ދަށުން ސިވިލް މަަސައްކަތާއި، އެއާ ކޮންޑިޝަން ހަރުކުރުމާއި، ފިނިޝިން މަސައްކަތްތަކާއި، ފަރުނީޗަރު މަސައްކަތްތައް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، ބަލިމީހުން ބަލާ 23 ކޮޓަރި އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު ގިނަ ޚިދުމަތްތަކެއް ތަޢާރަފްކޮށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ މި ހޮސްޕިޓަލްގެ އައު އޯޕީޑީ އިމާރާތް ނިމުމުން، އެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތް ފޯރުކޮށް ދިނުމުގައި އިތުރު ފަސޭހަކަން ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!