ޅ. ކުރެއްދޫ ރިސޯޓުގައި އިނގިރޭސިވިލާތުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު މަރުވެފައިވަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށެވެ.

Ad
rt

“މި ހާދިސާ ހިނގުމުން ރިސޯޓްގެ މެނޭޖްމަންޓުން ވަނީ ފުލުހުންނަށް ނާންގާ ފަތުރުވެރިޔާ ސީޕްލޭނަކަށް ލާފައި މާލެ ފޮނުވާލުމަށްފަހު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި”

ފުލުހުން މީޑިޔާތަކަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، ހޮސްޕިޓަލުން މައުލޫމާތުދޭގޮތުގައި، ފަތުރުވެރިޔާ ގެނައިއިރުވެސް ވަނީ މަރުވެފައެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.