ރާއްޖޭގެ މަޝްހޫރު މޮޑެލެއް ކަމަށްވާ ކައިޒީން ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރުމުން، ބޯޓާ ގުޅޭ މުއާމަލާތްތައް ކުރުން ކޯޓުން ހުއްޓުވައިފި އެވެ.

ކައިޒީންގެ ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރީ ކައިޒީން ފައިސާ ދިނުމުން ބައްޕަ ބޯޓެއް ގަތުމަށްފަހު ކައިޒީންގެ ރުހުން ނެތި، އެ ބޯޓު ބައްޕަގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާތީ ކަމަށް ބުނެ އެވެ. ކައިޒީން ދައުވާ ކުރަނީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

Ad
rt

މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވުމަށް ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ.

ސިވިލް ކޯޓުން އިއްޔެ ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށާއި އަމުރު ނެރެފައިވަނީ ބޯޓު ކުއްޔަށް ނުދިނުމަށާއި ނުވިއްކުމަށާއި ހިބަ ނުވަތަ ވަސިއްޔަތުން ދިނުން ފަދަ ކަމެއް ނުކުރުމަށާއި ބޯޓުގެ މިލްކުވެރިކަން ބަދަލުވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މި ބޯޓުގެ އަގަކީ 3.6 މިލިއަން ރުފިޔާއެވެ.