ހދ.ނޮޅިވަރަންފަރުގެ ބަނދަރު ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ކައުންސިލުން ނިންމާފިއެވެ.

އެސަރަހައްދުގައި ދޫކުރެވޭނީ '12*'15 ދެ ކަމަށާއި ބިންދޫކުރެވޭނީ މީލާދީން 2 އަހަރު ދުވަހުގެ މުއްދަތައް ކަމަށް ކައުންސިލްގެ އިޢުލާނުގައި ވަނީ ބުނެފައެވެ.

Ad
rt

އެހެން ކަމުން ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ17 ވަނަ ދުވަހުގެ10:00 ށް ކައުންސިލް އަށް ދުރުވެ މައުލޫމާތު ސާފު ކުރުމަށް ފަހު އަގު ހުށަހެޅުމަށް މިމަހުގެ19 ވަނަ ދުވަހު ހެނދުނު 10:00 ގައި ކައުންސިލަށް ދުރުވުމަށް ކައުންސިލްގެ އިޢުލާނުގައި ބުނެފައި ވެއެވެ.

ކައުންސިލުން ބުނެފައިވަނީ މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަގު ބަލައި ނުގަނޭވެ ކަމަށެވެ.