ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ އެމްޑަބްލިއުއެސްސީ އާއި ދިމާލުން ހައިވޭ ކައިރިން ކާރެއް ފުރޮޅާލައި އެކްސިޑެން ހިނގާފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 22:30 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ، އެހާދިސާ ހިނގި ސީނަށް ފުލުހުން ދިޔައިރު ކާރު ދުއްވަން އިން 41 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ސަރަހައްދުގައި ހުރި ތިލަދުންގެ ނޫސްވެރިއަކު ބުނިގޮތުގައި ފުރޮޅާލާފައި ވަނީ ޓެކްސީ އެކެވެ.
’’ފުރޮޅާލި ޓެކްސީ މިހާރު އޮތީ ތެދުކޮށްފައި، ހާދިސާ ހިނގި ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައި’’ އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ، ޓެކްސީ ޑްރައިވަރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!