އިންޑޮނޭޝިއާ އަށް 7.1 މެގްނަޓިއުޑްގެ ބިންހެލުމެއް، ސުނާމީގެ ނުރައްކަލެއް ދިވެހިރާއްޖެއަކަށް ނެތް

sdsddsdsd

އިންޑޮނޭޝިއާ އަށް 7.1 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ބައެއް ސަރަހައްދުތަކަށް ނެރެފިއެވެ. އެހެންނަމަވެސް މި ސުނާމީގެ ނުރައްކަލެއް ދިވެހިރާއްޖެއަކަށް ނެތެވެ.

ސުނާމީގެ އިންޒާރު ނެރެފައިވަނީ ބިންހެލުން އައި ސަރަހައްދާއި 300 ކިލޯމީޓަރުގެ ސަރަހައްދަށެވެ. ބިންހެލުން އައި ސަރަހައްދާއި މާލެ އާއި ދެމެދު 5875 ކިލޯމީޓަރުގެ ދުރުމިން އެބަހުރިކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ އުތުރު މޮލުކޫ ކަނޑުގެ ސަރަޙައްދަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 62 ކިލޯމީޓަރު އަޑިއަށެވެ.

ސުނާމީގެ އިންޒާރު ނެރުނުނަމަވެސް މިހާރު އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިހާރު ބުނެފައިވަނީ ގެއްލުން ބޮޑު ސުނާމީއެއް އުފެދުމުގެ ފުރުސަތެއް މިހާރު ނެތްކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *