ކަމާބެހޭ އިދާރާތައް ގުޅިގެން ކ. މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފަށައިފިއެވެ.

ޖަލުތަކުގެ ބެލެނިވެރިފަރާތް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެއސް) އިން ވިދާޅުވީ، ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް ރޭ ފަށާފައިވާ ކަމަށެވެ.

Ad
rt

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެ ސާވިސްއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ، މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިލައްވާފައިވާތީވެ، ފުލުހުންނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަރެކްޝަން ސަރވިސް ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފަށާފައިވާކަން ހާމަކުރައްވާފައެވެ.

ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް ރޭ ފެށިއިރު ސްކޭމް ކޯލްތައް މެދުވެރިކޮށް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަ ރާއްޖޭގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި އެކަން ކުރާ ގިނަ މީހުން ތިބެނީ ޖަލުތަކުގައި ކަމަށް ވެސް މީހުން ތުހުމަތު ކުރެއެވެ.