ސްކޭމްގެ މައްސަލަތައް ދެނެގަތުމަށް މުއައްސަސާތަކުން ބައިވަރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ "މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިން ދަ މޯލްޑިވްސް" ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގަ އެވެ.

Ad
rt

ސީޕީ ވިދާޅުވީ ސްކޭމްގެ މައްސަލަތަކަކީ އާންމުންގެ މެދުގައި ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް ކަމަށާއި މިއަހަރުގެ މިހައިތަނަށް މިފަދަ 998 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް، ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލައެއް ކަމަށެވެ.

އިގްތިސާދީ ނަޒަރަކުންނާއި ފަރުދުންނަށް ލިބޭ ގެއްލުން އަންދާޒާކުރަން ދަތިކަން ފާހަގަ ކުރައްވައި، މުއައްސަސާތަކުން އެ ކަންކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، މިފަދަ މައްސަލަތައް ދެނެގަތުމަށް މުއައްސަސާތަކުން ބައިވަރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި އެހެންކަމުން މިއީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި ސްކޭމާއި ފްރޯޑް ހުއްޓުވުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވެފައިވާއިރު، މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް މިފަހަކަށް އައިސް ވަނީ އަނެއްކާ ވެސް ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން ދަދި ފަހުން ވެސް އެފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.