މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ޢިއުލާން ކޮށްފިއެވެ.
އެމީހާގެ ވީޑިއޯ އާންމުކޮށް، ފުލުހުންގެ ހިދުމަތުން ވިދާޅުވީ، އެ ވިޑިއޯ އިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި -/180,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ އަންހެނެކެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާ
އެ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަަކަކީ ޢާންމުވެފައިވާ މައްސަލަތަކެކެވެ. އެފަދަ ކަންކަން މުޖުތަމައުގައި އާންމުވެފައިވާއިރު، ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން ގެންދަވަނީ މިކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!