ހއ. އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވަމުން އެބަދެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ''ތިލަދުން'' އަށް ވިދާޅުވީ، އެރަށު އައިސްޕްލާޓުން ގޭސް ލީކުވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިރޭ 8:48 ހާއިރު ކަމަށެވެ.

Ad
rt

އައިސްޕްލާންޓުން ލީކްވާ ގޭސް އަދި ކޮންޓްރޯލް ކުރެވިފައިނުވާއިރު، ސިފައިން މިހާރު ދަނީ ގޭސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

''އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ދަނީ ގޭސް ލީކްވާ މައްސަލަ ހައްލު ކުރުމަށް ހަރަކާތްތެރިވަމުން''' ޞަބާޙް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެވަގުތު އެ ސަރަހައްދުގައި ޑިއުޓީގައި ހުރި މީހަކަށް ލީކު ވި ގޭހުގެ އަސަރުކޮށްގެން އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

''އޭނާގެ ހާލު ރަނގަޅު،'' ޞަބާޙް ވިދާޅުވިއެވެ.

ޞަބާޙް ވިދާޅުވި ގޮތުގައި މިހާރު ވަނީ އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.