މާލޭގެ ދެކުުނު ފަޅު ތެރެއިން މަރާލާފައިވާ ކަމަށް ބެލެވޭ ދޫނިތަކެއް ފެނިއްޖެ އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާފަންނު ސްޓޭޑިއަމާވީ ދިމާލު ފަޅުތެރެއިން ގާތްގަނޑަކަށް 15 ވަރަކަށް ވައްލަ އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އެއީ މަރާލާފައިވާ ކަމަށް ބެލެވޭ ވައްލަތަކެއް ކަމަށެވެ.

Ad
rt
ވައްލަ އަކީ ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިތަކުގެ ތެރެއިން ދޫންޏެކެވެ.

އީޕީއޭ އިން ވިދާޅުވީ އެއީ މަރާލުމަށްފަހު ނުވަތަ ގެންގުޅުމަށްފަހު މޫދަށް އުކާލާފައިވާ ދޫނިތަކެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެކަމާ ގުޅޭ އިތުރު މައުލޫމާތު އެނގޭ ނަމަ، އެކަން އެ އިދާރާ އަށް ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައިވާއިރު، ފޯނުން މައުލޫމާތު ހިއްސާކުރުމަށް އީޕީއޭގެ ހޮޓްލައިން: 7980379 އަށް ގުޅުއްވުމަށް ވަނީ އެދިފަ އެވެ. އަދި އީމެއިލް މެދުވެރިކޮށް ނަމަ erc@epa.gov.mv މެއިލް ކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.