''މިޔަހެލި'' ކޭމްޕް ނިންމައި، ވަނަތައް ހޮވައިފި

E6055E20-4D9F-488A-9777-18E6180A89F0

އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އުރީދޫ މޯލްޑިޗްސް އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ "މިޔަހެލި" ކޭމްޕް ނިންމާލައިފިއެވެ.

މިއީ މަދަނީ ޖައްމިއްޔާތަކަށް ހުޅުވާލައިގެން، ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ފަހަރުގެ ކޭމްޕުގައި މަޝްވަރާކޮށް ހިޔާލު ހުށަހަޅާފައިވަނީ، މީހުންނާއި ވެށީގެ ކުރިއެރުމާއި ތަރައްގީ އަށް ކުރެވިދާނެ ކަންތައްތަކަށެވެ.

މިޔަހެލި ޕްރޮގްރާމުގައި، މުޖުތަމައާއި ތިމާވެށީގެ މައްސަލަތަކަށް ސައިންސްގެ އެހީގައި ލިބެން ހުރި ހައްލުތަކާއި، އެންމެންގެ ބައިވެރިވުން ހިމެނޭ މުޖުތަމައެއް ބިނާ ކުރުމާއި، ހަމަހަމަ ފުރުސަތުތަކެއް ގާއިމު ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށް، ބައިވެރިންގެ ހިޔާލުތައް ވަނީ ހުށަހަޅައިފައެވެ.

މި އަހަރުގެ ކޭމްޕުގެ ތީމުގެ ދަށުބް 12 ޕްރޮޕޯޒަލެއް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮޕޯސަލްގެ ތެރެއިން ޖަޖުންގެ މާކުހުން އެއް ވަނަ ލިބުނީ އައިކޮންސް އެސޯސިއޭޝަންގެ ޕްރޮޕޯސަލަށެވެ.

ދެ ވަނަ ލިބުނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް މޯލްޑިވްސްގެ ޕްރޮޕޯސަލަށެވެ. އަދި ތިން ވަނަ ލިބުނީ މޯލްޑިވްސް ކޮންޒަވޭޝަން ސޮސައިޓީ އަށެވެ.

ވަނަތައް ލިބުނު މަދަނީ ޖައްމިޔާތަކަށް އިނޮވޭޓިިވް ސޯޝަލް ޕްރޮޖެކްޓުތައް ހިންގުމަށް އެހީ ލިބޭނެއެވެ.

އުރީދޫގެ ޑިރެކްޓަ، ހިއުމަން ރިސޯސް، ފަޒްނާ މަންސޫރު ވިދާޅުވީ މި ކޭމްޕުގައި ދެމެހެއްޓެނިވި، ރަނގަޅު ބަދަލުތަކެއް ފެންނާނެ ގިނަ ހިޔާލުތަކެއް ލިބިނު ކަމަށެވެ.

ޔޫއެންޑީޕީގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވީރާ ހަކީމް ވިދާޅުވީ އެ ކޭމްޕުން އިޖާދީ ރަނގަޅު ހައްލުތަކެއް ހޯދުމަށް މަދަނީ ޖައްމިއްޔާތަކަށް އިންކްލޫސިވް މާހައުލެއް ހޯދައިދެވުނު ކަމަށެވެ.

މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަދަނީ ޖައްމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޭމްޕެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި