އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ހަ އަހަރު ފުރުމާ ގުޅިގެން “އަހަރީީ ޕްރޮމޯ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު 15 އާ ހަމައަށެވެ. މި މުއްދަތުގައި ގަންނަ ކޮންމެ ދެ ފެން މީޓަރަކަށް އަދި އޭވީކޭ ބްރޭންޑްގެ ވޭލްވް އަކަށް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.
މީގެ އިތުރުން މިމުއްދަތުގައި ފަސް ހޮޅިއަށް ވުރެ ގިނައިން ގަންނަ ނަމަ 10 އިންސައްތަ ޑިސްކައުންޓާއި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓްތަކުން ކަސްޓަމަރުންނަށް 10 އިންސައްތަ ޑިސްކައުންޓްވެސް ލިބޭނެއެވެ.
ފެނުގެ ކޮލިޓީ ޓެސްޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އަހަރީ ކޮންޓްރެކްޓަކަށް އެއްބަސްވާ ކަސްޓަމަރުންނަށް ޖުމްލަ 20 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ. އަދި މިމުއްދަތުގައި ގަންނަ މެމްބްރޭންއިންވެސް އަށް އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި ގަންނަ ބާވަތްތަކުން ކަސްޓަމަރުންނަށް ހާއްސަ ވައުޗަރެއް ވެސް ލިބެއެވެ. ވައުޗަރު ބޭނުންކޮށްގެން ގަންނަ ބާވަތްތަކުން އިތުރު ޑިސްކައުންޓް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެންޑަބްލިއުއެެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީގެ ޝޯރޫމް މެދުވެރިކޮށް ރިސޯޓު އަދި އެހެނިހެން ކަސްޓަމަރުންނަށް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ހިދުމަތް ފޯރުކޮށްދެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނާއި، އާރްއޯ ސްޕެއާޒް، ޕީވީސީ އަދި ޕީއީ ޕައިޕް އާއި ފިޓިންގްސް އަދި ފެނާއި ނަރުދަމާއާއި ގުޅުން ހުރި ގިނަ ބާވަތްތައްވެސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!