ހދ. ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސައިކަލުފަދަ އަގުބޮޑެތި މުދާ އެ އުޅަނދު ތަކަށް އަރުވާނަމަ ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން އެ އުޅަނދު ތަކުގެ ކެޕްޓަނުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކަނޑު ބޯޓުތަކުން މަސްތުވާތަކެތި ގެންދާ މައްސަލަތައް ހިނގަމުންދާތީ އެފަދަ އެއްޗެއް ފެނިއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށާއި މީހުންދޭ ގޮތް ނޭނގޭ ތަކެއްޗާ ހަވާލު ނުވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

Ad
rt

މީގެ އިތުރުން ކުރިއަށްއޮތީ ސްކޫލް ބަންދު ދުވަސްވަރުކަމުން ބޯޓުތަކުގައި މާލެ ދަތުރުކުރާ ފަރާތްތައް އިތުރުވާނެކަމާއި އެގޮތުން މީހުން އުފުލުމުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކަނޑު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް އުޅަނދުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ހަނިމާދޫގައި ދުއްވާ ހުރިހާ ބޯޓުތަކުގެ ކެޕްޓަނުންނަށް މަޢުލޫމާތު ދީފައިވެއެވެ.