މިނިސްޓްރީ އޮފް ހެލްތަށް 13 ސްޕީޑު ބޯޓު ގަތުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއެކު ސޮއި ކުރައްވައިފި އެވެ.

މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި މި އުޅަނދުތައް ފޯރުކޮށްދޭން ޖެހޭ ކަމަށާއި މިކަމަށް 31 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެ އެވެ.

Ad
rt

މިއީ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި، މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންކުރާ އުޅަނދުތައް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިމަރޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށް ވެސް މި ސްޕީޑު ލޯންޗުތައް ބޭނުން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މި ސްޕީޑް ބޯޓުތައް ގަތުމުގެ މަސައްކަތް ކުރަނީ ވޯލްޑް ބޭންކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު (އޭ.އައި.އައި.ބީ) ގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް ކޯވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނަސް ޕްރޮޖެކްޓުގެ ދަށުން ނެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުދި ރަށްރަށުގައި ބޭނުންކުރުމަށް 25 ބަގީ އެމްބިއުލާންސް ގެނައުމަށް ޗައިނާގެ ކުންފުންޏަކަށް، ހެލްތު މިނިސްޓްރީން ވަނީ އޯޑަރު ދެއްވާފަ އެވެ.