ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީ ސްޕީޑް ފެރީގައި ރޯވެއްޖެ އެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ގައި އޮތް އެމްޓީސީސީގެ "އުނިޔަ" ނަމަކަށް ކިޔާ ފެރީގެ ގެނަރޭޓަރ ރޫމް ގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޯދަން އޭރިޔާ، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއިން ހަރަކާތްތެރިވެއްޖެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

Ad
rt

މި ހާދިސާ ގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 13:20 ހާއިރުކަމަށާއި މި ހާދިސާ ގައި މީހަކަށް އަނިޔާ ވެފަ ނުވާކަމަށް އެފަރާތުން ބުނެއެވެ.