މ. ނާލާފުއްޓާއި ލ. މާބައިދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި, ޒަމާނީ އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މ. ނާލާފުށީގައި 23 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުންދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާއި އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފެށީ އިއްޔެ މެންދުރުފަހު 2:35 އިން ފެށިގެން ކަމަށެވެ.

Ad
rt

މާބައިދޫގައި ހުރި އިންޖީނުގެއަކީ 38 އަހަރުވެފައިވާ ޒަމާންވީ އިންޖީނުގެއެކެވެ. އެ އިންޖީނުގެ ނިއްވާލައި, އާ އިންޖީނުގެއިން ކަރަންޓު ދޭން ފެށީ އިއްޔެ މެންދުރުފަހު 3:52 އިން ފެށިގެންނެވެ.

ފެނަކައިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޅ. އޮޅުވެލިފުށީގައި ހުރި 28 އަހަރުވީ އިންޖީނުގެއާއި އެ އަތޮޅު ކުރެންދޫގައި ހުރި 18 އަހަރުވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފައެވެ.

އަދި ހަމަ އެ މަހުގައި ހއ. މޮޅަދޫގައި ހުރި 13 އަހަރު ކުރީގެ އިންޖީނުގެވެސް ނިއްވާލައި ޒަމާނީ އިންޖީނުގެއަކުން ހިދުމަތް ދޭން ވަނީ ފަށައިފައެވެ.