ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ކުޅޭ ބުުރުގައި މިިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ
މިދިޔަ އަހަރުގެ ފައިނަލުގައި މިދެޓީމު ބައްދަލުކުރި މެޗުން ރިއާލު މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ.
2018 ވަނަ އަހަރުވެސް މޮ ދެޓީމު ވަނީ ފައިނަލުގައި ބައްދަލު ކޮށްފައެވެ. އެފަހަރުވެސް މުބާރާތް ކާމިޔާބު ކުރީ ރެއާލްއިންނެވެ.
މީގެ އިތުރުން 2020/2021 ވަނަ އަހަރުގެ ސީޒަނުގެ ކުއާޓާ ފައިނަލުގައި ރެއާލުން ވަނީ ލިވަޕޫލް ކަޓުވާލައިފަ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކުރިމަތިލުމެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވި ބަޔާންއަށް ޕީއެސްޖީއާ ދެކޮޅަށް ގަދަ 16 ބުރުގައި ކުޅެން ޖެހުމަކީ ޗެލެންޖެކެވެ.
ގަދަ 16 ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ޖަރުމަނުގެ އާރްބީ ލައިޕްޒިގު ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ.ބެލްޖިއަމްގެ ކްލަބް ބްރޫޖުން ދެ ވަނަ ބުރުގައި ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ. ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭ އޭސީ މިލާނުން ދެ ވަނަ ބުރުގައި ކުޅޭނީޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.
ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ދެ ވަނަ ބުރުގައި ކުޅޭނީ އިޓަލީގެ ނަޕޯލީއާ އެވެ. އިންޓަ މިލާނުން ވާދަކުރާނީ ޕޯޓޯއާ އެވެ. ޗެލްސީން ނޮކައުޓް ބުރުގައި ކުޅޭނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮތީ ވޯލްޑްކަޕަށްފަހު އަންނަ ފެބްރުއަރީ މަހުގެ 14،15 އާއި 21،22ގަ އެވެ. ދެ ވަަނަ ލެގުގެ މެޗުތަށް ކުޅޭނީ މާޗް މަހުގެ 7،8 އާއި 14،15 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!