ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމުގައި ހުންނެވި އަހުމަދު ދާއޫދު (ޑޭވިޑް)، އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.

ކޭއާރުއެޗުގެ ސީއީއޯގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ޑޭވިޑް އައްޔަނު ކުރެއްވުމުގެ ކުރިން އޭނާ ވަނީ އެ ހޮސްޕިޓަލްގެ މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރުގެ މަގާމަށް ޑޭވިޑް އައްޔަނުކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.

Ad
rt

ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގަމުން އަންނަ ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ރައީސްއުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، ޑޭވިޑް އައްޔަނު ކުރެއްވީ 8 އޯގަސްޓް 2021 ގައެވެ.

ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިން އިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ޑޭވިޑް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވާފައެވެ

ކޭއާރުއެޗުގެ މެނޭޖަރަކަށް އައްޔަނު ކުރެއްވުމުގެ ކުރިން އޭނާ ވަޒީފާ އަދާކުރެއްވީ ދިރާގުގެ ކަސްޓަމާ ސާވިސް ދާއިރާގައެވެ. ދިރާގުގައި 8 އަަހަރު މަސައްކަތްކުރައްވާފައިވެއެވެ.

ޑޭވިޑްގެ މޭސްތިރިކަމުގެ ދަށުން ކޭއާރު އެޗުގެ ހިންގުމަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު، އެ ހޮސްޕިޓަަލަށް ވަނީ ގިނަ ތަރައްގީތަކެއް ވެސް ގެންނަވާފައެވެ.