ރާއްޖޭގައި ހިންގަމުންދާ، ވިޔަފާރިތަކުން ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި ހިދުމަތް ހޯދުމުން އިނާޔަތް ލިބޭ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އަމާޒު ހިފާފައިވާ ޕާޕަލްލޭން އެޕްލިކޭޝަން ލޯންޗުކޮށްފި އެވެ.

ރާއްޖޭގެ ސްޓާޓަޕްއަކުން ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަން ލޯންޗުކޮސްފައިވަނީ މިއަދު ފެމެލީރޫމް ކެފޭގައި ބޭއްވުނު ހާއްސަ ހަފްލާއެއްގަ އެވެ.

Ad
rt

ޕާޕަލްލޭން އަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހި ހަތަރު ފަންނުވެރިން ތަރައްގީކޮށްފައިވާ ރިވޯޑްސް ޕްލެޓްފޯމް (ކަސްޓަމަރުންނަށް އިތުރު އިނާމާއި ފައިދާ ފޯރުކޮށްދޭ ޕްލެޓްފޯމް)އެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިކޮށްގެންނާއި، ތަފާތު ހިދުމަތްތައް ހޯދައިގެން، ކަސްޓަމަރުންނަށް އިތުރު އިނާޔަތްތަކާއި ފައިދާތައް ހޯދުމަށް އާ ގޮތްތަކެއް ވަނީ ތައާރަފްކޮށްފައެވެ.

މި އެޕްލިކޭޝަން ފުރަތަމަ ބޭނުން ކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ. އެއީ މި އެޕްލިކޭޝަން މެދުވެރިކޮށް ރިވޯޑްސް ޕްރޮގްރާމްތަކުގެ އަޖުމަ ބެލި ފުރަތަމަ ވިޔަފާރިތައް ކަމަށްވާ ފެމިލީ ރޫމް ކޮފީ، ސީހައުސް އަދި ކޮފީ ޝްރަބްއާ އެކުގައެވެ.

އެއް އަހަރު ދުވަހުގެ އަޖުމަ ބެލުމާއި ޓެސްޓުކުރުމަށް ފަހު މި އެޕްލިކޭޝަން ވަނީ މިއަދު ބޭއްވުނު ޚާއްޞަ ހަފްލާގައި ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މިއަދު ލޯންޗުކުރެވުނު އެޕްލިކޭޝަނުގައި އަޖުމަ ބެލުމުގެ މަރުހަލާގައި ބޭނުންކުރެވުނު ކަންތައްތަކުގެ އިތުރުން، ކަސްޓަމަރުންނަށް އަމާޒުކޮށް ބައިވަރު އާ ކަންތައްތަކެއް ހިމަނާފައިވާނެއެވެ.

● ޕާޕަލްލޭން އެޕަކީ ހުރިހާ ވައްތަރެއްގެ ރިވޯޑު އަދި ކޯޕަރޭޓް ކާޑުތައް އެއް ނިޒާމަކަށް ގެންނަ މޮބައިލް ފޯނު އެޕްލިކޭޝަނެއް
● ޕާޕަލްލޭން މެދުވެރިކޮށް ރިވޯޑު ޕްރޮގްރާމްތައް ތައާރަފު ކުރާ ވިޔަފާރިތަކަށް ފަސޭހަ ކަމާ އެކު އެ ބޭފުޅުންގެ އަމިއްލަ ރިވޯޑު ޕްރޮގްރާމް ތައާރަފު ކުރެވޭނެ. އަދި ކޯޕަރޭޓް ކާޑު ގެންގުޅޭ ކުންފުނިތަކަށް އެ ކާޑު ފަސޭހަ އަދި އިތުބާރުހުރި ބީދައަކުން، ޕާޕަލްލޭން އެޕު ތެރެއިން ފެންނަ ގޮތް ވެސް ހެދޭނެ
● ޕާޕަލްލޭން އެޕު ބޭނުންކުރާ ވިޔަފާރިތަކުން ހިދުމަތް ހޯދާ ކަސްޓަރަމުންނަށް، ކަސްޓަމަރުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އިތުރު ފައިދާއެއްގެ ގޮތުން ރިވޯޑު ޕޮއިންޓް ދެވޭނެ. އަދި އޭގެ ފަހުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އިތުރު އިނާމާއި ފައިދާ އެ ވިޔަފާރިތަކުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ހޯދޭނެ
● ޕާޕަލްލޭން ބޭނުންކުރާ މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަށް އެއް ވިޔަފާރިއަކުން ލިބިފައިވާ ޕޮއިންޓް ހަދިޔާ ކުރެވޭނެ
● ވިޔަފާރިތަކުން އަޅުވާ ހާއްސަ ޑީލްތައް ބަލައި އަދި ދޫކުރާ ކޫޕަންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ
● އެއް މެމްބަރަކު އަނެއް މެމްބަރަކު ފޮލޯ ކުރުމާއި، ޗެކިން ކުރުމާއި އެޕުގެ ތެރޭގައި މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސިފައިވާނެ.
● އާއިލާ މެމްބަރުން، ރައްޓެހިން އަދި ލޯބިވާ ފަރާތްތަކަށް ގިފްޓް ކާޑު ހަދިޔާކުރެވޭނެ އިންތިޒާމް ޕާޕަލްލޭން އެޕްލިކޭޝަންގެ ތެރެއިން ހަމަޖެއްސިފައިވާނެ.

ޕާޕަލްލޭން ތަރައްގީކުރި އިރު ވިސްނާފައިވާނީ، ވިޔަފާރިތަކުން އަލަށް ހިދުމަތް ހޯދާ ފަރާތްތައް ދާއިމީ އިހްލާސްތެރި ކަސްޓަމަރުންނަށް ބަދަލުކޮށް އެ ފަރާތްތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކޮށް އިތުބާރު ވަރުގަދަ ކުރެވޭނެ ގޮތްތައް ތައާރަފުކުރަން ކަމަށް ޕާޕަލްލޭންގެ އެއް ފައުންޑާ އުމަރު ފާހަގަކުރިއެވެ.

ޕާޕަލްލޭން އިން ގަބޫލުކުރާ ގޮތުގައި މި އެޕްލިކޭޝަންގެ މައިގަނޑު އެއް މަގުސަދަކީ ކަސްޓަމަރުންގެ އުޅުމާއި ބޭނުންތައް ފަސޭހަކަމާ އެކު ދެނެގަނެ އެ ބޭނުންތަކަށް ވިޔަފާރިތައް ހޭނި، ހިދުމަތް ފުޅާ ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމެވެ.

ޕާޕަލްލޭން ފުރަތަމަ ބޭނުންކުރި ވިޔަފާރިތަކުން އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިވި ގޮތާއި ކަސްޓަމަރުންގެ އެކިއެކި ގިންތިތައް ދެނެގަނެވުނު ގޮތް ފާހަގަކުރިއެވެ. އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޕާޕަލްލޭން މި އެޕްލިކޭޝަނަށް ބަރޯސާވެ އެޕްލިކޭޝަން ބޭނުން ކުރަން ފެށި ފަހުން ފައިދާހުރި ވިޔަފާރި އާއި ގުޅުންހުރި ނިންމުންތައް ނިންމަން ފަސޭހަވެގެން ދިޔައެވެ. މީގެ އިތުރުން ޕާޕަލްލޭންއާ އެކު އެވިޓީ ޕޮސް ސިސްޓަމް ބޭނުންކުރަމުން ދިޔަ ފަރާތްތަކުން މިދެ ސޮފްޓްވެއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި އިތުރަށް ގުޅުންބަދަހިކުރަން ފަސޭހަވިކަން ވަނީ ފާހަގަކޮށްފައެވެ.

ޕާޕަލްލޭން އިން ގެނެސްދޭ ކަސްޓަމާ އިން ސައިޓްސް މެދުވެރިކޮށް ކަސްޓަމަރުންނާއި ގުޅުންހުރި ޑޭޓާ ވިޔަފާރިވެރިން އިތުރަށް ބަލައި ދިރާސާކޮށް، ކަސްޓަމަރުން ވިޔަފާރިކުރުމުން ހުރި އިތުރު ފައިދާތައް ފުޅާކޮށް ކަސްޓަމަރުންނާއި އޮންނަ ގުޅުން އިތުރަށް ފަހިވެގެންދެއެވެ. މިއެޕްލިކޭޝަނަކީީ ވިޔަފާރުކުރާ ފަރާތްތަކާއި އަދި އެ ފަރާތްތަކުގެ ކަސްޓަމަރުން އެކީގައި ކުރިއަރައި ދާގޮތަށް ފަރުމާކުރެވިފައިވާ އެޕެކެވެ.

ޕާޕަލްލޭންގެ އެއް ފައުންޑާ ޖިނާން ފާހަގަ ކުރި ގޮތުގައި މި އެޕްލިކޭޝަނަކީ ކޮންމެ ޕޮސް ސިސްޓަމަކާ ގުޅިލާމެހޭ ގޮތަށް ތަރައްގީކުރެވިފައިވާ އެޕްލިކޭޝަނެކެވެ. ޕާޕަލްލޭންގެ ފަރާތުން ކަސްޓަމަރުންނަށް ޕޮއިންޓް އެޅުމަށާއި ލިބޭ ޕޮއިންޓްތަކާ ގުޅިގެން އިތުރު ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް އެޕޮއިންޓްތައް ރިޑީމްކުރުމަށް ބޭނުންވާ އޭޕީއައި(API) ވަނީ ތައާރަފުކޮށްފައެވެ. އަދި އިތުރު ފީޗާސްތައް ކަމަށްވާ ކޫޕަން ދިނުމާއި ގިފްޓް ކާޑު ގަތުން ފަދަ ހިދުމަތްތަކަށް ބޭނުންވާ އޭޕީއައިތައް ވެސް ކައިރި މުސްތަގުބަލުގައި ލިބެން ހުންނާނެއެވެ.

ޕާޕަލްލޭން އެޕް މިހާރު އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓަރ އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް www.purplelane.app ޒިޔާރަތްކޮށްލާށެވެ.