މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 593.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެ ކުންފުނިން އާއްމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި މިއީ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 550.4 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ ކުއާޓަރުގައި ލިބުނީ 593.1 މިލިއަން ރުފިޔާއެވެ.

Ad
rt

ރިޕޯޓުތައް ދައްކާ ގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ފައިދާ ވަނީ އެހެން ކުއާޓަރުތަކާ އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓަރުގައި 75.3 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 77.78 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރުގައި ލިބުނީ 47.7 މިލިއަން ރުފިޔާއެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވަނީ 40.5 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 64 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ ކުއާޓަރުގައި ލިބުނީ 66.1 މިލިއަން ރުފިޔާއެވެ.