ބައިކް މޯލްޑިވްސްގެ ފަރާތުން މިހާރު ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ވަނީ ބައިސްކަލް ބުރެއް ކުރިއަށް ގެންގޮސްފައެވެ.
3 ދުވަހުގެ މުއްދަތަށް ބައިކް މޯލްޑްވިސް އިން ހިންގާ ހަރާކާތް ތަކުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި ބައިސްކަލް ބުރުގައި ކުޅުދުއްފުށީ ކައުންސިލުގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިއަދާއި މާދަމާވެސް ބައިކް މޯލްޑްވިސް ގެ ހަރަކާތްތައް ކުޅުދުއްފުށީގައި ކުރިޔަށް ދާނެއެވެ.
މިއަދު ހެނދުނު 6 ޖަހާއިރު މޯނިންގ ރައިޑެއްގެ އިތުރުން މިއަދު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށްގެން ސްޓޭޑިއަމް ކައިރީގައި ބައިސްކަލް ބުރެއް އޮންނާނެކަމަށް ބައިކް މޯލްޑިވްސް އިން މައުލޫމާތުދެއްވައެވެ. އަދި ރޭގައި ވަނީ ސިއްހީގޮތުން ބައިސްކަލް ދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްސައެވެ.
އިއްޔެ ހަވީރު ބޭއްވި ބައިސްކަލު ބުރު ނިންމާލުމަށްފަހު ވާހަކަފުޅު ދައްކަވުން ބައިކް މޯލްޑިވްސް ގެ ރައީސް ޒުލޭހާ ހަސަން ވަނީ ކުޅުދުއްފުށީގައި ބައިކް މޯލްޑިވްސްގެ ގޮތްޕެއް ހެދުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. އެގޮތުން އެންމެނަށްވެސް ބައިކް މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ކައުންސިލުން މެދުވެރިކޮށް ފޯމު ފުރުއްވޭނެ ކަމަށް ޒުލޭހާ ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސް އަންނަނީ ތިމާވެއްޓާއި ސިއްހީ ގޮތުން މީހުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގުރާމްތައް ރާވާ ހިންގަމުންނެވެ. އެގޮތުން ބައިކް މޯލްޑިވްސް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ބައިސްކަލު ދުއްވުމަށް އާންމު ރައްޔިތުން އަހުލުވެރިކުރުމަށް ތަފާތު ޕްރޮގުރާމުތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!