ރާއްޖޭގެ ކުޅިވަރު މަޝްހޫރު ޝަހްސިއްޔަތު، ޑރ. ހުސެން ހަލީމް (ކުޑަ ހުސެއިން) ގެ ފޮއްޓެއް ވަގަށް ނަގާފައިވާތީ، އެ ފޮށި ހޯދައިދިނުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އޭނާ އެކަމަށް އެދިވަޑައިގެންނެވީ ފޮށި ޓްރޮލީއަކަށް ލައިގެން މީހަކު ދާ މަންޒަރު ފެންނަ ދެ ފޮޓޯއަކާއެކު ކުރައްވާފައިވާ ޕޯސްޓެއްގަ އެވެ.

Ad
rt

އެ ޕޯސްޓުގައި އެ ފޮޓޯއިން ފެންނަ މީހާއާއިގުޅޭ މައުލޫމާތެއް އެނގޭނަމަ އޭނާއަށް އެކަން އަންގާލަދިނުމަށް އެދޭ ކަމަށް ވަނީި ވިދާޅުވެފަ އެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ 'ދުވަސް' އަށް ކުޑަހުސައިން ވިދާޅުވީ އެ ފޮށި ގެއްލުނީ ގެ ބަދަލުވުމުގެ ތެރޭގައި ކަމަށާއި އޭގައި އަގު ނުކުރެވޭފަދަ ބައެއް ތަކެތި ހުންނާނެ ކަމަށެވެ. ތަކެތި ބަދަލުކުރުމަށް ހަވާލުކުރި މީހުން އެ މަސައްކަތްކުރީ ވަރަށް ރަނގަޅަށްކަމަަށާއި އަމިއްލައަށް އެ ފޮށި ގެންދަން އުޅުމަށްފަހު، ދިމާވިކަމަކާއި ގުޅިގެން ހަނދާން ނެތުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަދަލުވި ގެ ކައިރިއަށް ފޮށި ގެންދިޔަ ކަމަށާއި ގެއްލުނީ އެތެރެއަށް ނުވެއްދި ހުއްޓާ ކަމަށެވެ.

"ދަންނަ އެކުވެރި ބައެއް ފުލުހުންނާއި އެހެނިހެން އެކުވެރިންގެ އެހީގައި ސީސީޓީވީ ފުޓޭޖްތައް ބަލައިފިން މިހާރު. އެ ފޮށި ނެގި މީހާއަކީ ފުލުހުންވެސް ދަންނަ، އަދި އެމީހަކު ނިދާ އުޅޭތަންވެސް ފުލުހުންނަށް އެނގޭ މީހެއް. އެކަމަކު އަދިވެސް އެމީހާ ހޯދިފައެއް ނުވޭ." ކުޑަހުސައިން ވިދާޅުވި އެވެ.

އޭގެތެރޭގައި ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީގެ އޮޓޯގްރާފް އާއި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ޑޮން ފްރެޑްމަންގެ އޮޓޯގްރާފް، އަދި 1988 އަދި 1992 ގެ އޮލިމްޕިކް އައިޑެންޓިޓީ ކާޑުވެސް އެ ފޮށީގައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޑރ. ޒާހިރު ހުސެއިން ފިބައިން ސޮއިކުރައްވާފައި ހުރި ސެޓިފިކެޓްތަކާއި ތިން ގަޑި ވެސް އެ ފޮށީގައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.