ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދަރުސް ދެއްވުމަށް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ.
”އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން“ މި މައުޟޫއަށް ދެއްވާ ދަރުސް އޮންނާނީ ފުވައްމުލައް ސިޓީ ހާފިޒު އަހުމަދު ސްކޫލް ހޯލް ގައި މިރޭ 20:45 ގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.
އޭނާގެ ފުރަތަމަ ދަރުސް މާލޭ، ކާނިވާ ސަރަހައްދުގައި ރޭ ވަނީ ބާއްވާފަ އެވެ. ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް އަށް އަލިއަޅުވާލައްވައި ކުރިއަށްގެންދިޔަ މި ދަރުހަށް ގިނަބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.
އައްޑޫ ސިޓީގައި މި މަހުގެ 30 ވަނަ ދުވަހު ދެއްވާ ދަރުސް އޮންނާނީ އެ ސިޓީގެ ސިޓީ ސްކުއަރ ގަ އެވެ. މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.
މި ދަތުރުގެ ފަހު ދަރުސް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. އެރޭ 20:45 ގައި އޮންނަ ދަރުސްގެ މައުލޫއު އަކީ އާއިލީ މައްސަލަތަކެވެ.
ހުޅުމާލޭގައި ދަރުސް ދެއްވާނީ މި މަހުގެ 31 ވަނަ ދުވަހު ރެއެވެ. މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!