ހއ. އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި އެ އަތޮޅު މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.

މި މަސައްކަތްތައް ހަވާލުކުރުމަށް ފަހުމުނާމައިގާ ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓު ގަ އެވެ.

Ad
rt

މި ދެ ރަށުގެ ތެރެއިން އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެވެ. 60 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރީ 2،331،023.89 ރުފިޔާ އަށެވެ.

މި ފަހުމުނާމައިގާ ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ޠޫބާ ރަޝީދު އެވެ. އާރްކޭއެލް ގްރޫޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުޒައިމާ އާސިރް އެވެ.

މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިލްވަރ މެރިން ޕްރައިވެޓް ލިމިޓެޑާ އެވެ. 1،450،001.56 ރުފިޔާ އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 48 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ޠޫބާ ރަޝީދު އެވެ. ސިލްވަރ މެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ފައްތާހް މުޙައްމަދު އެވެ.