ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.
މިމްސް ކޮންސްޓްރަކްޝަނުން މި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 11 މެއި ގަ އެވެ.
365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް މި މަސައްކަތް އެ ކުުންފުންޏާ ޙަވާލުކޮށްފައިވަނީ 14,231,686.04 (ސާދަ މިލިއަން ދެ ލައްކަ ތިރީސް އެއްހާސް ހަސަތޭކަ އަށްޑިހަ ހައެއް ޕޮއިންޓް ހަތަރެއް ) ރުފިޔާ އަށެވެ.
މިއީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭގޮތަށް އިމާރާތްކުރެވޭ މިސްކިތެކެވެ.
މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގައި މިނިސްޓަރގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމްއާއި، ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާޢީލް މަދީހު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!