ރާއްޖޭގައި މީހުން ފަގީރުވަނީ ސަރުކާރުގެ ސިޔާސަތުގެ ދޯހަޅި ކަމުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޯއައިސީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މިފަދައިން ވިދާޅުވީ އިއްޔެފާހަގަކުރި ފަގީރުކަން ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގަ އެވެ.
ދުންޔާ ގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ފަގީރުކަން ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަ ކުރާއިރު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ރާއްޖޭގައި މީހުން ފަގީރުވަނީ ސަރުކާރުގެ ސިޔާސަތުގެ ދޯހަޅި ކަމުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި މީހުން ފަގީރުވަނީ އަންހެނުންނާއި ފިރިހެނުންގެ މެދު ހުންނަ ވަޒީފާގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ނުކުރާތީ ކަމަށް ވެސް ވިދާޅުވެފަ ވެއެވެ.
ދުންޔާ މިހެން ވިދާޅުވެފައިވާއިރު، ޖީއެސްޓީ ބޮޑު ކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މި އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެފައި ވަނީ ފަގީރުންނާއި މުއްސަނދިންނާ ދެމެދުގައިވާ ފަރަގު ކުޑަކުރަންޖެހޭ ކަމަށެވެ.
ފަގީރުކަން ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަ ކުރާއިރު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ރާއްޖޭގައި މީހުން ފަގީރުވަނީ ސަރުކާރުގެ ސިޔާސަތުގެ ދޯހަޅި ކަމުން. އަންހެނުންނާއި ފިރިހެނުންގެ މެދު ހުންނަ ވަޒީފާގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ނުކުރާތީ!
— Dunya Maumoon (@dunyamaumoon) October 18, 2022
އެ ޖަލްސާގައި ރިޔާޟް ވިދާޅުވެފައިވަނީ އާއްމު ރައްޔިތުންގެ އަތުން މިހާރު ނަގަމުން އަންނަ ޓެކްސް ބޮޑުކޮށްފި ނަމަ، އެމީހުން އިތުރަށް ފަގީރުވެ، އުޅެންޖެހޭނީ ލިބޭ އެއްޗަކުން ދެކޮޅުނުޖެހިގެން ކަމަށެވެ. އަދި މަހުޖަނުންގެ އަތުން ޓެކްސް ނަގަން އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އެގޮތުން އިންކަމް ޓެކްސް މިހާރު ނަގާ ވަރަށްވުރެ ބޮޑުކުރަންޖެހޭ ކަމަށް ރިޔާޟް ވިދާޅުވެފައި ވެއެވެ.
ކުރީގެ ފޮރިން މިނިސްޓަރ އަދި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުންގެ ފަރާތުން މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، މާލޭގެ މަގުމަތީގައާއި އެކިތަންތަނުގައި ސަލާންޖަހަން ތިބޭ ޒުވާނުން މިފަހަކަށް އައިސް އަންނަނީ އިތުރުވަމުން ނެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ ޒުވާނުން ވެސް ހިމެނޭ އިރު، ގިނަ މީހުން އިއްތިފާގުވާ ގޮތުގައި އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!