އިކުއެޑޯ އަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫނެވެ. 1925 ވަނަ އަހަރު އެކުއެޑޯ ފުޓްބޯޅަ ފެޑެޜޭޝަން އުފެދުނު ފަހުން އެ ޓީމުން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އެންމެ ތިން ފަހަރުއެވެ.

މިފަހަރުފެ ވޯލްޑް ކަޕަކީ އެގައުމުގެ ހަތަރުވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން 2002 އަދި 2006 ވަނަ އަހަރު ވޯލްޑްކަޕްކުޅެފައިވާ އިކުއެޑޯއަށް ވޯލްޑްކަޕްގައި އެންމެ ކުރިއަށް ދެވުނީ 2006 ވަނަ އަހަރު ގަދަ 16 އާއި ހަމައަށެވެ. އެފަހަރު މުބާރާތުން އެޓީމު ވަކިވާން ޖެހުނީ 1-0 ން އިންގްލެންޑް އަތުން ބަލިވެގެންނެވެ. 2002 ވަނަ ކޮރެއާ އަދި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕުން އެޓީމު ކެޓީ ގްރޫޕް ޖީގެ އެންމެ ފުލަށް ގޮސްގެންނެވެ.

Ad
rt

ކޮލިފައިވީ ގޮތް

އިކުއެޑޯ މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ކޮލިފައިންގައި އެސަރަހައްދުން ހަތަރުވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން އެޤައުމުވަނީ ހަތްމެޗް ކާމިޔާބުކޮށް ފަސް މެޗް އެއްވަރުކޮށްފައެވެ. އެޓީމު ބަލިވީ ޖުމްލަ ހަމެޗުންނެވެ.

ކޯޗު

އިކުއެޑޯގެ ކޯޗެއްގެ ގޮތުގައި މިފަހަރުގެ މުބާރާތުގައި ހުންނާނީ އާޖެންޓީނާއަށް އުފަން އުމުރުން 60 އަހަރުގެ ގުސްޓާވޯ އަލްފާރޯއެވެ. ގުސްޓާވޯ އިކުއެޑޯގެ ކޯޗުކަމާއި ހަވާލުވީ 2020 ވަނަ އަހަރުއެވެ. ގުސްޓާވޯ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވެ 2021 ވަނަ އަހަރު ބްރެޒިލްގައި އޮތް ކޮޕައެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް އެކުޑޯ ގެންގޮސްދިނެވެ. މިއީ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވި ފަހުން ގުސްޓާވޯއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެކުއެޑޯ މިހާތަނަށް 31 މެޗު ކުޅެފައިވާއިރު، ބަލިވީ އެންމެ އަށް މެޗުންނެވެ. 11 މެޗުން މޮޅުވިއިރު، 12 މެޗުން ވަނީ އެއްވަރުވެފައެވެ.

މުހިންމު ކުޅުންތެރިން

މޮއިސެސް ކައިސެޑޯ

އުމުުރުން 20 އަހަރުގެ މިޑްފީލްޑަރ މޮއިސެސް ކައިސެޑޯ އަކީ އެކުއެޑޯ ޓީމުގއި މިވަގުތު ތިބި އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މޮއިސެސް މިވަގުތު ކުޅެމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ބްރައިޓަން އަލްބިއޮން އިން ލޯނެއްގެ ދަށުން ބެލްޖިއަމްގެ ކޭ ބިއަރޝޮޓް ވީއޭ އަށެވެ.

މިއޮސެސް އޭނާގެ އިންޓަރނޭޝަނަލް ކެރިއަރ ފެށީ އެކުއެޑޯގެ ޔޫތް ޓީމުން 2020 ވަނަ އަހަރުގައެވެ. މޮއިސެސް އެކުއެޑޯގެ ސީނިރަ ޓީމަށް މިހާތަނަށް 25 މެޗު ކުޅެދީ 2 ގޯލު ޖަހާފައިވެއެވެ.

އެނަރ ވެލެންސިއާ

އެކުއެޑޯ ޓީމުގެ ކެޕްޓަން އެނަރ ވެލެންސިއާ އަކީ އެޖުއޭޑޯ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއާއެވެ. ތުރުކީގެ ފެނަބާޗޭއަށް ކުޅެމުން އަންނަ ފޯވާޑް ވެލެންސިއާ އެކުއޑޯގެ ގައުމީޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރުގައެވެ. އެކުއެޑޯ ގެ ގައުމީޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑްވެސް އޮތް ވެލެންސިއާ ވަނީ މިހާތަނަށް އެކުއެޑޯއަށް ކުޅެދިން 64 މެޗުގައި 33 ގޯލު ޖަހައިދީފައެވެ. މީގެ ކުރިން ވެސްޓް ހަމް ޔުނައިޓެޑަށް ވެސް ކުޅެފައިވާ ވެލެންސިއާ ވަނީ އެކުއެޑޯގެ ގައުމީޓީމާއި އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ވޯލްޑް ކަޕު މުބާރާތުގައި އެކުއެޑޯ ހިމެނިފައިވަނީ ގުރޫޕު އޭ ގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި ނެދަލެންޑްސްއެވެ. މި ގުޕޫރުން ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދެވުނުމުގެ ފުރުސަތު އެލުއެޑޯއަށް ބޮޑެވެ. އެއީ ގަތަރަކީ ކޮންމެ ގޮތަކަށް ބެލިއަސް އެކުއެޑޯޢަށް ވުރެ ފުޓްބޯޅައިގައި ފެންވަރުގެ ގޮތުން ދައް ގައުމަކަށް ވާތީއެވެ.