ފ. މަގޫދޫ އެއާޕޯޓް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި މަސައްކަތް އެމްޓީސީސީއާ ހަވޅަު ކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 5 ކިލޯމީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި ޕެސެންޖާ ޓާމިނަލް އިމާރާތް ހެދުނާއި ފަޔާ ސްޓޭޝަން ހެދުމާއި ސަލާމަތީ ހިދުމަތްތައް ގާއިމުކުރުމާއި ނެވިގޭޝަނަލް އާލާތްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި މެޓް އާލާތްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އިތުރުން ގްރައުންޑް ހޭންޑްލިން އާލާތްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މަގޫދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި އެތަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފައި ވަނީވެސް އެމްޓީސީސީއާއެވެ. އެ މަޝްރޫއުގެ ދަށުން މަގޫދޫ އެއާޕޯޓް ހަދާ ބިން ހިމެނޭ ގޮތަށް 47.8 ހެކްޓަރުގެ ބިން ދަނީ ހިއްކަމުންނެވެ.

އެއާޕޯޓު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 231.5 މިލިއަން ރުފިޔާއަށެވެ.