މަކިޓާ ޕަވަޓޫލްސް ބޭނުންކޮށްގެން ހުނަރުތައް ދައްކާލުމަށް އެސްޓީއޯއިން ކުރިއަށްގެންދާ “ހެއްޔާ މަކިޓާ” މުބާރަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މުބާރާތަކީ ހެއްޔާ މަކިޓާ ޕުރޮމޯޝަނާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްގެންދާނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށް ވެފައި މި މުބާރާތުގެ ތެރެއިން ވާދަ ވެރި މާހައުލެއްގައި މަސައްކަތްތަށް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ލިބިގެން ދާނެ ކަމަށެވެ. އެސްޓީއޯގެ މަގުސަދަކީ އެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މުބާރާތުގައި ހުށަހަޅާ ތަކެތި މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ތައްޔާރު ކުރަން ޖެހޭއިރު ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ޖެހޭނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓުގެ ތަކެއްޗެވެ.
މި މުބާރާތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހެއެވެ. މި ވީޑިއޯއަކީ 1080 ޕީ ކޮލިޓީގެ އެއް މިނެޓުގެ ވީޑިއޯއަކަށް ވާން ޖެހޭނެއެވެ.
އެސްޓީއޯއިން ބުނީ މި މުބާރާތުގައި ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން ފޯމު ހުށައަޅަންޖެހެނޭއެވެ. ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމުންނާއި އެސްޓީއޯ ވެބްސައިޓު sto.mv އިން ޑައުންލޯޑްކުރެވޭނެއެވެ. 7980240 އަށް ވައިބަ މެދުވެރިކޮށް އަދި އީމެއިލް: marketers@sto.mv މެދުވެރިކޮށްގެންނާއި އެސްޓީއޯ މަކީޓާ ޝޯރޫމް ކައުންޓަރަށް ފޯމު ހުށަހެޅޭނެއެވެ.
މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއްމަސްދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 25 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހު ހަވީރު 4 ޖަހެމާ ހަމައަށެވެ.
މި މުބާރާތުގެ ވަނަތައް ހޮވަން ހަމަޖެހިފައިވަނީ ޖަޖުންގެ 70 އިންސައްތަ އާއި އާންމުންގެ ފޭސްބުކް ލައިވްގެ 20 އިންސައްތަ ހުށައަޅާ ވީޑިއޯގެ 10 އިންސައްތައިންނެވެ.
މި މުބާރާތުގައި ތިން ވަނައެއް ހޮވާނެއެވެ. އެގޮތުން އެއްވަނައަށް ދާ ފަރާތަކަށް 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބޭއިރު ދެވަނައަށް 30،000ރ ގެ މަކިޓަރ ޓޫލްސް ވައުޗަރު އަދި ތިންވަނައަށް 15،000ރ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެއް ލިބޭނެއެވެ.
އެސްޓީއޯގެ އެއްވެސް މުވައްޒަފަކަށް މިމުބާރާތުގައި ބައިވެރި އެއް ނުވެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!