ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކޮކާކޯލާ ކުންފުނިން މިހާރު އަންނަނީ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދަމުންނެވެ. މިއީ ދިވެހިން ފުޓްބޯޅައަށް ކުރާ ލޯބި ފާހަގަކުރުމަށް ކޮކާކޯލާ އިން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.
އިއްޔެ ކޮކާކޯލާ އިން ވަނީ، ވޯލްޑް ކަޕް ސީޒަނަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ނަސީބުވެރިންގެ ގޮތުގައި މިހާތަނަށް ހޮވުނު ފަރާތްތަކާއި މީޑިއާތަކާއެކު ހަފްލާއެއް ބާއްވާފައެވެ.
މިފަހަރުގެ ޝިއާރު ކަމަށްވާ 'ގަބޫލުކުރުމަކީ ޖާދުލެއް' އާއެކު، 'އަންކެޕް، ބިލީވް، ފްލައި.' ޕްރޮމޯޝަންގެ ސަބަބުން ރާއްޖޭގައި ތިބި ކޮކާކޯލާގެ ބުއިންތަކަށް ލޯބިކުރާ ފަރާތްތަކަށް އެ މީހުންގެ ޓީމު މޮޅުވާނެ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ލިބި، ވޯލްޑް ކަޕްގެ މެޗެއް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
'އަންކެޕް، ބިލީވް، ފްލައި' ޕްރޮމޯޝަންގެ ނަސީބުވެރިން ހާމަކުރަމުން ގެންދަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ޓީވީއެމް މެދުވެރިކޮށް ވަގުތުން ގެނެސްދޭ ގުރުއަތެއްގައެވެ. މި ގުރުއަތުލުން ކުރިއަށްދަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ 19:45 އިން 19:55 އަށެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން ކުރިއަށްދާއިރު، ބައެއް ނަސީބުވެރިންނަށް ހުރިހާ ހަރަދެއް ލިބޭ ގޮތަށް ވޯލްޑް ކަޕްގެ މެޗެއް ލައިވްކޮށް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބުމުގެ އިތުރުން، މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ 'އަލް ރިހްލާ ޕްރޯ' ބޯޅަ ވެސް ލިބެއެވެ.
މީގެ އިތުރުން ގޭމިން ކޮންސޯލާއި ފީފާ '22 ގޭމު ހިމެނޭ ބަންޑަލް އާއި ކޮކާކޯލާ ކޭސްތައް ވެސް އިނާމުގެ ގޮތުގައި ލިބޭނެއެވެ.
މި މަހުގެ 31ގެ ނިޔަލަށް ގަންނަ ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ނުވަތަ ސްޕްރައިޓްގެ ރީނދޫ ކުލައިގެ މަތިގަނޑު ޖެހި ޕެޓް ފުޅީގެ މަތިގަނޑުގެ ދަށުގައި ހަ ނަމްބަރުގެ ކޯޑެއް އިންނާނެއެވެ. މި ކޯޑު 2626 އަށް ފޮނުވައިގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ކޯޑެއް ފޮނުވާ ކޮންމެ ފަހަރަކު އިނާމު ލިބުމުގެ ފުރުސަތު ބޮޑުވަމުން ދާނެ ކަމަށް ކޮކާކޯލާއިން ބުނެއެވެ.
ކޮކާކޯލާ އާއި ފީފާގެ ޒަމާންވީ ގުޅުން ދައްކުވައިދިނުމަށް، އާންމުކޮށް މި ފުޅިތަކުން ފެންނަ ލޭބަލާ ތަފާތު، ވަކިން ހާއްސަ ލޭބަލެއް ވެސް ވަނީ ހިމަނާފައެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި 8 ފަރާތަކަށް އިތުރު މީހަކު ގޮވައިގެން ވޯލްޑް ކަޕް ގެ މެޗެއް ލައިވްކޮށް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
ނޮވެމްބަރު މަހު ގަތަރުގައި މި މުބާރާތް ފަށާއިރު، ކޮކާކޯލާ އިން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް މެޗުތައް ދެއްކުމާއި ޝައުގުވެރި ޕްރޮމޯޝަންތަކާ އަދި އެ ނޫންވެސް އެތައް ކަމެއް މެދުވެރިކޮށް ވޯލްޑް ކަޕްގެ ތަޖުރިބާ ގެނެސް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި 'ކޮކާކޯލާ ފޭން ޒޯން'ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ ވައުދުތައް ވެގެން އެ މީހުންގެ އެންމެ ލޯބިވާ ޓީމަށް އޮތް ލޯބި ދައްކާލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!