ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި އާސެނަލްއާއި ބޯޑޯ/ގިލްމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމާއި ގާތަށް އާސެނަލް ޖެހިލައިފިއެވެ.

ރޭ ބޯޑޯ/ގިލްމްގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބުކަޔޯ ސަކާއެވެ. ސަކާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ސަމްބީ ލޮކަންގާ ދިން ބޯޅައަކުން ތަނަވަސްވީ ފުރުޞަތެއްގައެވެ.

މި ގްރޫޕުގައި ރޭ ޕީއެސްވީއާއި ޒިޔުރިޗް ބައްދަލުކުރި މެޗު 5-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޕީއެސްވީއެވެ. ޕީއެސްވީއަށް ލަނޑުތައް ޖަހައިދީފައި ވަނީ ގުޓިއަރޭޒް، ސަންގާރޭ، އެލް ގާޒީގެ އިތުރުން ވީރްމަންއެވެ. ވީރްމަން ވަނީ ދެ ލަނޑު ޖަހައިދީފައެވެ.

މި ނަތީޖާތަކާއިއެކު ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ އާސެނަލްއެވެ. އާސެނަލްއަށް ކުޅުނު ތިން މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްވީ ދެވަނާގައި އޮތީ ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއި އެކުގައެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ބޯޑޯ/ގިލްމް ތިނަވަނާގައި އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ޒުޔުރިޗެވެ.