2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތަރައްޤީގެ މަސްރޫޢުތައް ހިންގުމަށް ހއ އަތޮޅުގެ ރަށްތަކަށް ހިމަނާފައިވަނީ 261 މިލިއަން ރުފިޔާ އެވެ. ހއ އަތޮޅުގައި އެންމެ ބޮޑު ހޭދަ ކުރުމަށް ނިންމާފައިވަނީ އިޤްތިޞޯދީ އަދި ސިނާޢީ ކުރިއެރުމަށް ކުރާ ޚަރަދަށެވެ. އެއަށްފަހު ދެން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތަށެވެ.

ހއ އަތޮޅުގެ އެކި ރަށްތަކުގައި އަލަށް ފެށުމަށް 35 މަޝްރޫއެއް ވަނީ ބަޖެޓުގައި ހިމެނިފައެވެ. މީގެ ތެރެއިން 7 މަޝްރޫއެއް އަތޮޅުވެރިކަން ކުރާ ދިއްދޫގައި ހިންގުމަށް ބަޖެޓު ކުރެވިފައި ވެއެވެ.

Ad
rt

ހއ ހޯރަފުށީގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ ހޯރަފުށި ކައުންސިލް އޮފީސް އިމާރާތް ގާއިމުކުރުން (3600000 ރުފިޔާ)
ހއ ހޯރަފުށި މަގު ހެދުން (12988265 ރުފިޔާ)

ހއ އުލިގަމު ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ އުލިގަމު ސްކޫލް 8 ކްލާސްރޫ، ސައިންސް ލެބް، އޭވީރޫމް އަދި ވަށާފާރު (2250000 ރުފިޔާ)
ހއ އުލިގަމު ފުޓްސަލް ދަނޑު ގާއިމުކުރުން (1675000 ރުފިޔާ)
ހއ އުލިގަމު ސްކޫލް 8 ކްލާސްރޫ، ސައިންސް ލެބް، އޭވީރޫމް އަދި ވަށާފާރު (2250000 ރުފިޔާ)
ހއ އުލިގަމު ބަނދަރު ބޮޑުކުރުން (8150000)

ހއ ތުރާކުނު ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ ތުރާކުނު ސްކޫލް 2 ކްލާސްރޫމް (1742500 ރުފިޔާ)
އެކިރަށް ތަކުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ތުރާކުނު ބިން ހިންކުން
ހއ ތުރާކުނު މިސްކިތް އިމާރާތްކުރުން (3200000 ރިފިޔާ)

ހއ އިހަވަންދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ އިހަވަންދޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުން (3750000 ރުފިޔާ)
އެކިރަށް ތަކުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އިހަވަންދޫ ބިން ހިންކުން

ހއ މާރަންދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ މާރަންދޫ ސްކޫލް 2 ބުރި އިމާރާތް (1675000 ރުފިޔާ)
ހއ މާރަންދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން (2387500 ރުފިޔާ)

ހއ މޮޅަދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ މޮޅަދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން (2898756 ރުފިޔާ)

ހއ ބާރަށު ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ ބާރަށު ސިއްހީ މަރުކަޒު އެކްސްޓެންޝަން (2275000 ރުފިޔާ)
ހއ ބާރަށު ބަނދަރު ހެދުން (4550000 ރުފިޔާ)

ހއ އުތީމު ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ އުތީމު ފެނުގެ ނިޒާމް ގާއިމްކުރުން (2557739 ރުފިޔާ)
ހއ އުތީމު ދާރުލް އާސާރު ގާއިމްކުރުން (1600000 ރުފިޔާ)

ހއ މުރައިދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ މުރައިދޫ ބަނދަރު ހެދުން (2800000 ރުފިޔާ)

ހއ ތަކަންދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ ތަކަންދޫ ނެރު ފައިކަށި އަޕްގްރޭޑްކުރުން (850000 ރުފިޔާ)

ހއ ދިއްދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސް ރޫމް އިމާރާތް (5850000 ރުފިޔާ)
ހއ ދިއްދޫ ޖޫނިއަރ ކޮލެޖް ގާއިމުކުރުން (1600000 ރުފިޔާ)
ހއ ދިއްދޫ ހޮސްޕިޓަލް އެކްސްޓެންޝަން (8000000 ރުފިޔާ)
ހއ ދިއްދޫ ބަނދަރު ހެދުން (19200000 ރުފިޔާ)
ހއ ދިއްދޫ ފެން ހިންދާ ނިޒާމް ގާއިމުކުރުން (2725000 ރުފިޔާ)
ހއ ދިއްދޫ ބިން ހިއްކުން - ސަރވޭ އާއި ޑިޒައިން (350000 ރުފިޔާ)
ހއ ދިއްދޫ މިސްކިތް އިމާރާތްކުރުން (2875000 ރުފިޔާ)

ހއ ކެލާ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ ކެލާ ދަނޑުވެރިންގެ މާރުކޭޓް އިމާރާތްކުރުން (1875000 ރުފިޔާ)
ހއ ކެލާ މަސްމާރުކޭޓް އިމާރާތްކުރުން (1875000 ރުފިޔާ)

ހއ ވަށަފަރު ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ ވަށަފަރު ސްކޫލް 3 ކްލާސްރޫމް (2255000 ރުފިޔާ)
ހއ ވަށަފަރު ނަރުދަމާ ނިޒާމް ގާއިމުކުރުން (3250000 ރުފިޔާ)

ހއ ފިއްލަދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

ހއ ފިއްލަދޫ ސްކޫލް ހޯލް (2100000 ރުފިޔާ)
ހއ ފިއްލަދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން (1875000 ރުފިޔާ)
ހއ ފިއްލަދޫ މަގު ހެދުން (500000 ރުފިޔާ)
ހއ ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން