މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވެއްޖެ އެވެ.
މާލޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ.
އޭނާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އޭނާގެ މައްޗަށް ކަނޑައަޅާނެ އަދަބެއް ނިންމާނީ ފަހުގެ މަރުހަލާއެެއްގަ އެވެ.
އަނަސްގެ ހުރިހާ ވާރިސުން ވެސް ކޯޓުގައި ބުނެފައިވަނީ އެ މީހުން ބޭނުންވަނީ އޭނާގެ ކިބައިން މަރަށް މަރު ހިފާށެވެ. އެކަމަކު ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ކުޑަކުދިންގެ ގާނޫނުގައި އޮންނާތީ އޭނާއަށް އަންނާނީ ޖަލު ހުކުމެއް ކަމަށް ބެލެވެ އެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!