އިޓާލިއަންލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޖުވެންޓަސް 2-0 ގެ ނަތީޖާއިން ބަލިކޮށް އޭސީ މިލާން ލީގުތާވަލުގެ 2 ވަނަ މަގާމަށް ޖެހިލައިފިއެވެ.

މެޗު ފަށައިގެން އޭސީ މިލާން ދިޔައީ ޖުވެންޓަސްގެ ގޯލަށް ބާރު ބޮޑުކުރަމުންނެވެ.

ޕޯޗުގަލްގެ 23 އަހަރުގެ ފޯވާޑު ރަފެއަލް ވަނީ 3 ހަމަލާއެއް މެޗުގެ ކުރީކޮޅުގައި ފޮނުވައިލާފައެވެ. އޭގެން ދެ ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގެ ފުރަތަމަ ގޯލު އޭސީ މިލާން އިން ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮމޯރީއެވެ. އޭސީ މިލާންއިން ނެގި ކޯނަރ ޖިރޫޑް ފޮނުވާލުމުން ޓޮމޯރީ މޭގަ ޖެހިފައި މަތަވަމުން އެބުރި ބޯޅަ ވަނީ ގޯލު ތެރެއަށް ފޮނުވައިލާފައެވެ.

Ad
rt

ދެވަނަ ގޯލު 54 ވަނަ މިނެޓުގައި އޭސީ މިލަން އަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް ބުރާހިމް ޑިއާޒް އެވެ. މިއީ ޖުވެންޓަސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކާމިޔާބު ކުރި ގޯލެކެވެ.
މި ނަތީޖާއާއި އެކު އޭސީ މިލާން ތާވަލުގެ ދެވަނަ މަގާމަށް ޖެހިލިއިރު ޖުވެންޓަސްވަނީ 8 ވަނައަށް ވެއްޓިފައެވެ.

މި މެޗުގެ ކުރިން މިދެޓީމް އެންމެ ފަހުން ބައްދަލުކުރި ދެމެޗުވެސް ނިމިފައިވަނީ އެއްވަރު ވެގެންނެވެ.