2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހދ ކުމުންދޫ ނެރުގެ ފައިކަށި ހެދުމަށް ހިމަނައިފިއެވެ.
ކުމުންދޫ ނެރުގެ ފައިކަށި ހެދުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 2050000 ރުފިޔާ (ދެ މިލިއަން ފަންސާސް ހާސް ރުފިޔާ) ހިމަނާފައިވެއެވެ. މިއަންނަ އަހަރު ކުމުންދޫ ގައި ކުރިއަށް ގެންދާ މަޝްރޫޢު ތަކުގެ ތެރޭގައި އަލަށްފަށާ މަޝްރޫޢެއްގެ ގޮތުގައި ހިމަނާފައިވަނީ މި މަޝްރޫޢު އެކަންޏެވެ.
ކުމުންދޫ ބަނދަރަކީ އެތަކެއް ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ބަނދަރެކެވެ. 2011 ވަނަ އަހަރުންސުރެ ކުމުންދޫ ބަނދަރުގެ ނެރަށް ވަނީ އެތަށް ދޯންޏެއް އަރައި އެކިކަހަލަ ގެއްލުންތައްވެފައެވެ. ހދ އަތޮޅު ފެރީ އެތަކެއް ދުވަހަކު ވަނީ ކުމުންދޫ ބަނދަރަށް ކައިރި ނުކުރެވިގެން އެރަށަށް ނުވައްދާ ދަތުރު ކޮށްފައެވެ.
ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު ހާއްސަކޮށް ކުމުންދޫ ބަނދަރަށް ވަދެ ނިކުމެ ހެދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ކުމުންދޫ ކައުންސިލުންވަނީ ކުމުންދޫ ބަނދަރު ނެރުގެ ފައިކަށީގެ މައްސަލަ އޭރުގެ ސަރުކާރުގެ ސަމާލުކަމަށް ގެނައްސައެވެ. އެގޮތުން 2015 ވަނަ އަހަރު މިކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ފެށި ނަމަވެސް އެކަށީގެންވާ ހައްލެއް ލިބިފައި ނުވެއެވެ.
ކުމުންދޫ ކައުންސިލުން ވަނީ އޭރުގެ ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!