މި ފޯމުތަކާއި އީސީގެ ފަރާތުން ހަވާލުވެލެއްވީ ރައީސް ފުއާދު ތައުފީގު އެވެ. ފޯމުތައް ހަވާލުކޮށްދެއްވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީޕީއެމް ގެ އެތެރޭގެ އިންތިޚާބު މި މަހުގެ 15 ގައި މި ބާއްވަނީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.
އެ ބަދަލުތައް ގެނައީ، އެ ޕާޓިން ކުރިން ބުނެފައިވާ ގޮތުގައި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީނަށް އެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޕާޓީގެ ގުނަވަންތައް ހަރަކާތްތެރި ކުރުވުމަށެވެ.
އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެވޭ މަގާމުތަކަކީ ދާއިރާތަކުގެ ރައީސުން، ދާއިރާތަކުގެ ނައިބު ރައީސުން، ކޮންމެ ރަށެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް (ސިޓީއަކުން ނަމަ ކޮންމެ ދާއިރާއަކުން މީހެއް) އަދި ކޮންމެ ރަށެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް (ސިޓީއަކުން ނަމަ ކޮންމެ ދާއިރާއަކުން މީހެއް) އެވެ.
ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށް އީސީގެ ވެބްސައިޓުން ދައްކާއިރު، މިދިޔަ ޖުލައިގެ ނިޔަލަށް އެ ޕާޓީގައި 33،264 މެމްބަރުން އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!