2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގައި ހދ އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ އަދި ހިންގަމުންދާ ތަރައްޤީގެ މަސްރޫޢު ތަކަށް ޖުމްލަ 362 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ހދ އަތޮޅުގެ 12 ރަށެއްގައި 27 މަޝްރޫޢެއް ފެށުމަށް ވަނީ ބަޖެޓުގައި ހިމަނާފައެވެ. މީގެ ތެރެއިން 9 މަސްރޫޢު ކުރިޔަށް ގެންދިއުމަށް ބަޖެޓުގައި ހިމަނާފައި ވަނީ އަތޮޅުގެ ވެރިކަން ކުރާ ހދ. ކުޅުދުއްފުށީ ގައެވެ. ހދ ހިރިމަރަދޫ ގައި އަލަށް ފެށުމަށް އެއްވެސް މަސްރޫޢެއް ހިމަނާފައި ނުވެއެވެ.

Ad
rt

ޕީއެސްއައިޕީގެ ގެ ގޮތުގައި ޖުމްލަ ަ362 މިލިޔަން ރުފިޔާ ހދ އަތޮޅަށް ހަރަދު ކުރުމަށް ބަޖެޓުގައިވަނީ ހިމަނާފައެވެ.

ހދ ހަނިމާދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ހަނިމާދޫ ފަތާ ސަރަހައްދު ހެދުން (712500 ރުފިޔާ)
ވިޔަފާރި ބަނދަރުތަކުގައި ގަސްގަހާގެއްސާއި ޖަނަވާރު ކަރަންޓީންކުރުމުގެ ހިދުމަތް ގާއިމުކުރުން

ހދ ނައިވާދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ނައިވާދޫ ސްކޫލް ހޯލް (2275000 ރުފިޔާ)
ހދ. ނައިވާދޫ ނަރުދަމާ ނިޒާމް ގާއިމުކުރުން (1932558 ރުފިޔާ)
ހދ. ނައިވާދޫ ގޮނޑުދޮށް ހިމާޔަތްކުރުން (500000 ރުފިޔާ)

ހދ ފިނޭ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ފިނޭ ސްކޫލް މަލްޓި ޕާޕަސް ހޯލް (2275000 ރުފިޔާ)

ހދ ނޮޅިވަރަންފަރު ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ނޮޅިވަރަންފަރު މަގު ހެދުން (2163400)
ހދ. ނޮޅިވަރަންފަރުގައި ފަށާފައިވާ ހައުސިންގ ޔުނިޓްތައް ނިންމުމުގެ މަސައްކަތް (37850000 ރުފިޔާ)

ހދ ނޮޅިވަރަމް ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ނޮޅިވަރަމް ސްކޫލް މަލްޓި ޕާޕަސް ހޯލް (2600000)

ހދ ނެއްލައިދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ނެއްލައިދޫ ސްކޫލް 6 ކްލާސްރޫމްގެ 3 ބުރި އިމާރާތް (2500000 ރުފިޔާ)
އައުޓަރ އައިލޭންޑްސް ހަރބަރ، ވޯޓަރ ސަޕްލައި އެންޑް ސްވެރޭޖް ފެސިލިޓީސް ޕްރޮޖެކްޓް

ހދ ކުރިނބީ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ކުރިނބީ ބަނދަރު ހެދުން (2950000 ރުފިޔާ)

ހދ ވައިކަރަދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ވައިކަރަދޫ ބަނދަރު ސަރަހައްދުގައި ފެން ހިންދާ ނިޒާމް ގާއިމުކުރުން (1750000 ރުފިޔާ)

ހދ ނޭކުރަންދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

އައުޓަރ އައިލޭންޑްސް ހަރބަރ، ވޯޓަރ ސަޕްލައި އެންޑް ސްވެރޭޖް ފެސިލިޓީސް ޕްރޮޖެކްޓް

ހދ ކުމުންދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ކުމުންދޫ ނެރު ފައިކަށި ހެދުން (2050000 ރުފިޔާ)

ހދ މަކުނުދޫ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. މަކުނުދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން (2275000 ރުފިޔާ)
އައުޓަރ އައިލޭންޑްސް ހަރބަރ، ވޯޓަރ ސަޕްލައި އެންޑް ސްވެރޭޖް ފެސިލިޓީސް ޕްރޮޖެކްޓް
ހދ. މަކުނުދޫ ބޭރުތޮށި ހެދުން (2350000 ރުފިޔާ)

ހދ ކުޅުދުއްފުށީ ގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް:

ހދ. ކުޅުދުއްފުށި ފަޔަރ ސްޓޭޝަން ވެހިކަލް ގަރާޖް އެކްސްޓެންޝަން (612750 ރުފިޔާ)
ހދ. ކުޅުދުއްފުށި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގާއިމްކުރުން
ހދ. ކުޅުދުއްފުށި ޖުވެނައިލް ޑިޓެންޝަން ސެންޓަރ ގާއިމުކުރުން (1875000 ރުފިޔާ)
ހދ. ކުޅުދުއްފުށި އިމިގްރޭޝަން އޮފީސް އިމާރާތް (2875000 ރުފިޔާ)
ހދ. އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އަދި އޮފީސް އިމާރާތް (7425000 ރުފިޔާ)
ހދ. ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީކުރުން (50667387 ރުފިޔާ)
ހދ. ކުޅުދުއްފުށީ މެރީނާ އަދި ޔޮޓިންގް ފެސިލިޓީސް 5 ރީޖަނަލް ހަބްގައި ގާއިމްކުރުން
ހދ. ކުޅުދުއްފުށި މަގު ހެދުން - ފޭސް 2 (4745100 ރުފިޔާ)
ހދ. ކުޅުދުއްފުށި ފެން ހިންދާ ނިޒާމް ގާއިމުކުރުން (500000 ރުފިޔާ)