ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓާއި ޕޯސްޓް އޮފީހެއް ހުޅުވަނީ

Post Office

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓަކާއި ޕޯސްޓް އޮފީހެއް ހުޅުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާދަމް މިހެން ވިދާޅުވީ ޕޯސްޓް ލިނިޓެޑުން ހުޅުމާލެ އަމީން އެވެނިއު ޓީކް ބިލްޑިންގައި ޕިކް ޕޯސްޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕިކް ޕޯސްޓުގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއްކުރަމުންދާ ކަމަށެވެ.

އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކް ޕޯސްޓެއް ހުޅުވުމަށް ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭ އަޅުގަނޑުމެން 2 ބަޔަކަށް ބަހާލައިގެން ހަމަ މި ހިދުމަތް ފޭސް 2ގައި ހިޔާ ސަރަހައްދުގައި ލިބިފައިވާ އޭރިއާގައި އިތުރު ޕިކް ޕޯސްޓަކާއި، ޕޯސްޓު އޮފީހެއް ހުޅުވުމަށްވަނީ ޕްލޭންކޮށްފައި."

އާދަމް ވިދާޅުވިއެވެ.

އާދަމް ވަނީ ޕޯސްޓު ލިމިޑެޓުން ވިޔަފާރިވެރިންނަށް ވެދެމުންދާ އެހީތެރިކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން އެކުންފުނީގެ އީ- ޓުކުރި ޕްލެޓް ފޯމް މެދުވެރިކޮށް ދުނިޔޭގެ ބާޒާރަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދެވޭނެ މަގެއް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު މި ލޯކަލް މާކެޓުގައި މިދައުރުވާ ދިވެހި އުފެއްދުންތެރިންގެ މުދާ ވަރަށް އަވަސް މުސްތަގުބަލެއްގައި، އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން އިންޓަނޭޝަނަލް މާކެޓަށް ދިވެހި އުފެއްދުންތައް ނެރެވޭނެ އީ- ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް،"

އާދަމް ވިދާޅުވިއެވެ.

އީޓުކުރި އަކީ އޮންލައިންކޮށް ދުނިޔޭގެ ބާޒާރުތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބި، އެކަށީގެންވާ ރަނގަޅު އަގެއްގައި އެތަކެތި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނެވޭނެ މަގު ފަހިކޮށްދިނުމަށް 2015 ވަނަ އަހަރު ފެށި ހިދުމަތެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި