މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލެ އަމީން އެވެނިއުގައި ޕިކްޕޯސްޓެއް ހުޅުވައިފިއެވެ.
އެ ކުންފުނިން އަންނަނީ މެއިލް ޑެލިވަރީ ހިދުމަތް ޒަމާނީކޮށް ތަރަްްގީ ކުރުމަށް ޕިކް ޕޯސްޓުގެ ނަމުގައި ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަންތަކެއް މާލެ އާއި ހުޅުމާލޭގައި ހުޅުވަމުންނެވެ. އެގޮތުން. އަމީން އެވެނިއު ޓީކް ބިލްޑިންގައި ހުޅުވި އާ ޕިކްޕޯސްޓަކީ މި ސަރަހައްދުގައި ހުޅުވި ހަ ވަނަ ޕިކް ޕޯސްޓެވެ.
ޕިކް ޕޯސްޓުގެ ހިދުމަތަކީ ރައްކާތެރިކަމާއި އިތުބާރާއެކު ޕޯސްޓަލް ޕެކޭޖުތައް ރައްދު ކުރުމަށް ގާއިމް ކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެކެވެ.

ރާއްޖޭގައި ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މެއިލް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި ޕިކްޕޯސްޓުގެ ހިދުމަތް ފުޅާ ކުރުމަކީ އެ ކުންފުނީގެ ސްޓެރެޓެޖިކް އަމާޒެއް ކަމަށް ޕޯސްޓް ލިމިޓެޑުން ބުންޏެވެ. އަދި ބަދަލުވަމުންދާ ބޭނުންތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދަަ ބަދަލުތަކާ ގުޅިގެން 24 ގަޑިއިރު އަދި ހަފްތާގެ ހުރިހާ ދުވަހެއްގައު ފަސޭހަ ކަމާއެކު ހިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ގްރޭޓާ މާލޭގެ ބޭނުންތަކާއެއްގޮތަަސް ހިދުމަތް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތަކުގެ ދަށުން ހުޅުމާލެ ދެވަމަ ފިޔަވަހި ހިމެނޭހެން ޕިކްޕޯސްޓްގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަަށްދާ ކަމަަސް ވެސް ޕޯސްޓް ލިމިޓެޑުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!