ޅ. އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށައިފިއެވެ.
އެ ރަށުގައި ހުޅުވި އާ އިންޖީނުގެއަކީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި މީހުން ދިރިއުޅޭ ހިސާބުތަކާ ދުރުގައި ޒަމާނީ، އިންޖީނުގެތަކެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދާފައިވާ އިންޖީނުގެއެކެެވެ.
އޮޅުވެލިފުށީގައި ހެދި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ޅ. އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، 19 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 14:24 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ވާހަކަ އުފަލާއިއެކު ފާހަގަކުރަން. pic.twitter.com/WTvCMCrLvl
— Fenaka Corporation Ltd (@TeamFenaka) September 20, 2022
ފެނަކައިގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އިންޖީނުގެތަށް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާއްމުންނަށް އޭގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ.
އެ ކުންފުނިން ރަށްތަކުގައި ހުޅުވާ އާ އިންޖީނުގެތަކަކީ ކުރީގެ އިންޖީނުގެތަކަށްވުރެ ޖާގަ ބޮޑު އިންޖީނުގެތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!