ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ.

Ad
rt

ހާލުބޮޑުވެގެން މާލެ ގެނައީ ފިރިހެނެއް ކަމަށާއި އޭނާ މާލެ ގެނައީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

އެ މީހާ މާލެ ގެނެސްފައި ވަނީ މިއަދު 08:40 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އުމުރުން 65 އަހަރުގެ މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން ނެވެ.

އެމްއެންޑީއެފުން ދަނީ މިފަދަ ގިނަ ކޭސްތަކެއްގައި ބަލި މީހުން އުފުލުމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.