ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ހިދުމަތް މާލެ ސަރަޙައްދުގައި އިތުރު ދެ ހަފުތާއަށް ހިލޭ ފޯރުކޮށްދޭ ގޮތަށް ނިންމައިފި އެވެ.
ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖުރިބާރުމުގެ އިތުރު ފުރުސަތު ދިނުމާއެކު، ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޙިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ފެށުމުން ބޭނުން ކުރަަން ޖެހޭ އާރްޓީއެލް ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަކީވެސް މީގެ ސަބަބެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 00:15 އަށް ފޯރުކޮށްދެއެވެ. އެގޮތުން، ހުގެ ޚިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުންވެސް ލިބޭނެއެވެ.
މި ޙިދުމަތަށް ކަނޑައަޅާފައިވާ އަގަކީ 7 ރުފިޔާއެވެ. މާލެ ސަރަހައްދުގައި އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން، އާރްޓީއެލް ވެބްސައިޓާއިބއެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ނެގޭނެއެވެ.
މިހާރު ކިޔުއާރް ޓިކެޓް ނަގާފައިވާ ކަސްޓަމަރުންނަށް، އަގު ނަގަން ފެށުމުން އެ ޓިކެޓް ބޭނުންކުރެއްވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކިޔުއާރު ޓިކެޓް ނެގޭ ގޮތުގެ ވީޑިއޯ އާރްޓީއެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުން ބަލައިލެވޭނެއެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
ޓްރައިލް މުއްދަތައްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ.
މީގެ އިތުރުން، ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!