ޓައިވާނުގެ އައްސޭރިފަށުގެ ކަނޑުއަޑިއަށް އައި ބާރުގަދަ ބިން ހެލުމަކާއި ގުޅިގެން މިއަދު ނެރުނު ސުނާމީގެ އިންޒާރުތައް އުވާލައިފި އެވެ.
ސުނާމީގެ އިންޒާރު ނެރެފައިވަނީ ބިން ހެލުން އައި ޓައިވާނުގެ އިރުމަތީ އައްސޭރި ފަށް ހިމެނޭ ސަރަހައްދާއި ޖަޕާނުގެ ހުޅަނގުދެކުނުގެ ދެ ސަރަހައްދަށެވެ.
ބިން ހެލުމާއި އެކު ޓައިވާނުގެ އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އެ އެލާޓު އުވާލާފަ އެވެ. ޖަޕާނުން ސުނާމީގެ އިންޒާރު ނެރުނީ މިޔަކޮޖިމާ އާއި ޔައެޔަމާ ރީޖަން އަށެވެ.
މިއަދު ހެނދުނު 7.2 މެގްނެޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައީ ކަނޑު އަޑިއަށެވެ. މި ބިންހެލުމުގައި އެ ސަރަހައްދުގެ ރޭލެއް އަރިއަޅާލައި، ބައެއް މަގުތައް ހަލާކުވެ ބައެއް އިމާރާތްތައް ވެއްޓިފައިވެ އެވެ.
ބިން ހެލުމުގައި އައްސޭރި ފަށުގެ އަވަށެއް ކަމަށްވާ ޔޫލީގައި އިމާރާތެއް ދަށުވި، ދެ މީހަކު ސަލާމަތް ކޮށްފައިވެ އެވެ. އަދި ބްރިޖެއް ވެސް ވެއްޓިފައިވެއެވެ. އެބުރިޖުން ދުއްވާފައި ދިޔަ ތިން ކާރުވެސް ވަނީ ވެއްޓިފަ އެވެ. އެ ކާރުތަކުގައި ތިބި ތިން މީހުން ސަލާމަތް ކޮށްފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
އިއްޔެވެސް ޓައިވާނުގެ ދެކުނު އިރުމަތީ ސަރަޙައްދަކަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. ޓައިވާނުގެ އައްސޭރިފަށުގެ ސަރަޙައްދަށް ދޭތެރެ ދޭތެރެއިން ބިންހެލުން އާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!