މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ދަނގަޑެއް ވެއްޓި މީހެއްގެ މޫނަށް ހެރި ޒަޚަމް ވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ހާދިސާ ހިނގީ މާލޭގެ ހެންވޭރުގައި ހަދަމުންދާ އިމާރާތެއްގެ މައްޗަށް ދަނގަޑުތަކެއް އަރުވަނިކޮށް އޭގެ ތެރެއިން ދަނގަޑެއް ވެއްޓިގެން ކަމަށެވެ.

Ad
rt

އެ އިމާރާތުން ވެއްޓުނު ދަގަނޑު ހެރިފައި ވަނީ ބިދޭސީ ފިރިހެނެއްގެ މޫނަށެވެ.

އެމީހާއަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މީގެ ކުރިންވެސް މާލޭގައި މިފަދަ ހާދިސާތައް ހިނގައި ހިތާމަވެރި ހާދިސާތައްވެސް ވަނީ ހިނގާފަ އެވެ.