އުދައްޔުގެ މަރު: އެކެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

3E02C379-BF20-4707-9B10-BC801B77C50B

މިދިޔަ އަހަރު ގއ. މާމެންދޫގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މި މައްސަލާގައި ޖުމްލަ ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިހާތަނަށް ކުށް ސާބިތުވެފައި ވަނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަަށް ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެ އޮފީހުން ބުނިގޮތުގައި މި މައްސަލައިގައި އަޙްމަދު ޝަމީމްއާއި، ޝަރަފު ރަޝީދާއި، މުޙައްމަދު މާޒިންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ. މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މާމެންދޫގައި ޖެހިޖެހިގެން ހިންގި ސިލްސިލާ ދެ މާރާމާރީގެ ތެރޭގައި އުދައްޔު މަރުވީ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. އެ މާރާމާރީ އަކީ އުދައްޔު އާއި އޭނާގެ ބޭބެ ނިސްބަތްވާ ގޭންގަކާއި އެހެން ގޭންގަކާއި މެދު ހިނގި މާރާމާރީއެކެވެ. އެ ހަމަލާގައި އެނާގެ ބޭބެ އަށް ވެސް އަނިޔާވެ ޒަހަމްވެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *